Friday, January 20, 2017

(ސޫރަތުލް ބަލަދު)
ތައްޔާރުކުރީ އަހްމަދު ލަތީފް (އަބޫ ޢައްމާރު)

1. أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ﴿٥ އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟ މި އާޔަތުން ދޭހަވާ 3 ކަމެއް ލިޔޭ!
އިންސާނާގެ އަމިއްލަ މުދަލާއި އަމިއްލަ ނަފްސުގެ ގަދަކަމާއި ކިބުރުވެރިވާކަން
އިންސާނާ ކިތަންމެ ފާފައެއްކޮށް އުޅޭނެ ގޮތަކަށް އުޅުނަސް އޭނާއަށް އަޒާބެއްދީ ބަދަލު  ހިފޭނެމީހަކު ނެތްކަމަށް ހީވުން
ގެ ކުޅަދުންވަންތަކަން
އިންސާނާގެ މައްޗަށް ބބާރު ފޯރުވާ ފަރާތެއްވާކަން
އިންސާނެގެ ނިކަމެތިކަން
2. ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ﴿١٧ أُولَـٰئِكَ أَصْحَابُ الْمَيْمَنَةِ ﴿١٨ ދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.   މި އާޔަތުން ދޭހަވާ 3 ކަމެއް ލިޔޭ!
އީމާންވީ މީހުންނަށްގެ ރުހިވޮޑިގަތުން ލިބޭނެކަން
މުއުމިނު އަޅުންނަށް ލޯބިކޮށް ރަހުމް ބެހއްޓުމުގެ މުހިއްމުކަން
ހެޔޮކަންތައް ކުރުމަށާއި ނުބައިކަންތައް ދުރުވުމުގައި ކެތްތެރިވުމުގެ މުހިއްމުކަން
3. 18. عَلَيْهِمْ نَارٌ مُّؤْصَدَةٌ ﴿٢٠ އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ. މި އާޔަތުން ދޭހަވާ ދެ ކަމެއް ލިޔޭ!
ކާފަރުންނަށް އެނަރަކައިން ނުނިކުމެވޭނެކަން
ނަރަކައިގެ ޢަޛާބުގެ ބޮޑުކަ
ނަރަކައިން ސަލާމަތެއް ނުވެވޭނެކަން
ނަރަކައަކީ މިހާރުވެސް ވާތަނެއްކަން
4. أَلَمْ نَجْعَل لَّهُ عَيْنَيْنِ ﴿٨ وَلِسَانًا وَشَفَتَيْنِ ﴿٩ ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ މިއާޔަތުން ދޭހަވާ 2 ކަމެއް ލިޔޭ!
ގެ ކުޅަދުންވަންތަކަން
މި ތިން ނިޢުމަތުގެ ބޮޑުކަމާއި މުހިންމުކަން އަންގައިދިނުން
ދެއްވި ނިޢުމަތުގެ ފރިހަމަކަން
5. أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ ﴿٧ އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟ މި އާޔަތުން ދޭހަވާ 2 ކަމެއް ލިޔޭ!
އެންމެހާކަމެއްބައްލަވާ ވޮޑިގެންވާކަމުގެ ޔަޤީންކަން އަންގައިދިނުން
އެއްވެސްކަމެއް އަށް ސިއްރުވެގން ވަންހަނާވެގެން ނުވާކަން.




Monday, June 3, 2013


الثقافة الإسلامية
ސުވާލާއި ޖަވާބު



1) އިސްލާމީ ޘަޤާފަތޭ ބުނުމުން ދޭވަހާ މާނައަކީ ކޮބާ؟
ޖ. (ހ) އިސްލާމީ ޝަރީޢަތާއި, ޢަޤީދާއާއި, އަޚުލާޤާއިބެހޭ ޝަރުޢީ ނައްޞުތައް ދިރާސަކުރުމުން, ފިކުރީ އަދި ޢިލްމީގޮތުން ޙާޞިލްވާ ޙާޞިލްވުމެވެ.
(ށ) އިސްލާމީ ޙަޟާރަތާއި, ބަހާއި, ދީން އަދި ދިރިއުޅުމުގެ ޤަވާޢިދުތައް ކުރިއެރުވުމަށް އެހާރާއި މިހާރު ކުރެވުނު އަދި ކުރެވޭ ކަންތައްތައް ފުރިހަމައަށް ދެނެގަތުމާއި އެކު އިސްލާމީ އުއްމަތުގެ ލަނޑުދަނޑިތައް ފުރިހަމައަށް ދެނެގަތުމެވެ.
 
2) އިސްލާމީ ޘަޤާފަތުގެ މަސްދަރުތަކަކީ ކޮބާ؟
ޖ. (ހ) ކީރިތި ޤުރުއާން
(ށ) ރަސޫލާ صلى الله عليه وسلم ގެ ސުންނަތް
(ނ) އިސްލާމީ ފިޤްހު
(ރ) އިސްލާމީ ތާރީޚް
 
3) އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކަކީ ކޮބާ؟
ޖ. (ހ) ކީރިތި ޤުރުއާން
(ށ) ރަސޫލާ صلى الله عليه وسلم ގެ ސުންނަތް
(ނ) އިޖްމާޢު
(ރ) ޤިޔާސް